Skip to main content

ސާރާ ޕޭލިން Navigation menuއެލަސްކާ ގެ ގަވަރނަރ ސާރާ ޕޭލިން"Commissioners - Terms in Office""Biographical Information John K. Norman""Alaska Governor Sarah Palin"Evangelicals energized by McCain-Palin ticket

Pages using infobox officeholder with unknown parametersPages with reference errors


މެކެއިން - ޕެލިން ކެމްޕެއިން 2008, 2008އެލަސްކާގެ ގަވަރނަރޝިޕް, 2006–presentވެސިލާ ގެ މޭޔަރުކަން, 1996–2002












ސާރާ ޕޭލިން




ވިކިޕީޑިއާ އިންވިކިޕީޑިއާ






Jump to navigation
Jump to search
































ސާރާ ޕޭލިން

Palin In Carson City On 13 September 2008.jpg
13 ސެޕްޓެމްބަރ 2008 ގައި، ޕެލިން ކަރސަން ސިޓީ ގައި.


11th އެލަސްކާ ގެ ގަވަރނަރ

Incumbent


Assumed office
December 4, 2006
Lieutenant
ސީން ޕަރނެލް
ކުރިން މަގާމްގައި ހުންނެވީ
ފްރޭންކް މަރްކޯސްކީ
Chairperson, Alaska Oil and Gas Conservation Commission

In office
2003–2004
ކުރިން މަގާމްގައި ހުންނެވީ
Camille Oechsli Taylor[1]
Succeeded by
John K. Norman[2]

Mayor of Wasilla, Alaska

In office
1996–2002
ކުރިން މަގާމްގައި ހުންނެވީ
John Stein
Succeeded by
Dianne M. Keller
Member of the
Wasilla City Council

In office
1992–1996
Personal details
އުފަން ތާރީހް
(1964-02-11) ފެބްރުއަރީ 11, 1964 (55 އަހަރު )[3]
Sandpoint, Idaho, U.S.
Political party
Republican
Spouse(s)
Todd Palin (since 1988)
Children
Track, Bristol, Willow, Piper, Trig
Residence
Wasilla, Alaska
Occupation
Businessperson, Politician
Religion
Non-denominational Christian[4][5]
Signature
Website
އެލަސްކާ ގެ ގަވަރނަރ ސާރާ ޕޭލިން




ސާރާ ޕޭލިން އާއި ބެހޭ ގޮތުން އެކުލެވިފައިވާ އެހެނިހެން މަޒްމޫނުތައް:

މެކެއިން - ޕެލިން ކެމްޕެއިން 2008, 2008
އެލަސްކާގެ ގަވަރނަރޝިޕް, 2006–present
ވެސިލާ ގެ މޭޔަރުކަން, 1996–2002


ސިޔާސީ ދާއިރާތައް  · އިލެކްޝަން ތަކުގެ ތާރިޚު
Public image and reception



ސާރާ ޕޭލިން


ސާރާ ޕޭލިން އަކީ 2008 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޖޯން މެކެއިން ގެ ރަނިން މޭޓްގެ ގޮތުގައި ހަމަޖައްސަވާފައިވާ ބޭފުޅާއެވެ. ޕޭލިން އަކީ އެލަސްކާގެ ޒުވާން ގަވަރުނަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޭލިންއަށް ނާއިބު ރައީސްގެ ޓިކެޓް ހުށަހެޅުއްވުމުގެ ކުރިން މެކެއިންއާއި ޕޭލިން ބައްދަލުވެވަޑައިގެންފައިވަނީ އެންމެ ފަހަރަކުއެވެ. ބެލެވޭ ގޮތުގައި ޕޭލިން އަށް މި ފުރުސަތު ދެއްވުން އެއީ، ހިލަރީއަށް ތާޢިދު ކުރި ވޯޓަރުންގެ މަޤްބޫލުކަން ހޮއްދެވުމަށް މެކެއިން ހެއްދެވި އުކުޅެކެވެ.


ސޭރާ ޕޭލިންއަކީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ޓިކެޓެއްގައި ހިއްސާވެވަޑައިގަންނަވާ ފުރަތަމަ އަންހެންބޭފުޅާއެވެ. އަދި އެމެރިކާގެ ތާރީޚުގައި، ނާއިބުރައީސްގެ މަޤާމަށް ވާދަކުރައްވާ ދެވަނަ އަންހެންބޭފުޅާވެސްމެއެވެ. (މި މަޤާމަށް އެންމެ ފުރަތަމަ ވާދަކުރެއްވި ބޭފުޅަކީ، 1984 ވަނަ އަހަރު، ޑިމޮކްރެޓިކް ކެންޑިޑޭޓް ގެރެލްޑައިން ފެރާރޯއެވެ.) އެލަސްކާގެ ފުރަތަމަ އަންހެން ގަވަރުނަރަކީ ޕޭލިންއެވެ. އެ ސްޓޭޓްގެ އެންމެ ޒުވާން ގަވަރުނަރުގެ ރިކޯޑްވެސް އޮތީ ޕޭލިންގެ އަތްޕުޅުގައެވެ. ޕޭލިން ގަވަރުނަރުކަމުގެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ އޭނާގެ ޢުމުރުފުޅުން 42 އަހަރުގައި، 2006ވަނަ އަހަރުއެވެ.


ޕޭލިން އުފަންވެވަޑައިގަތީ 1964ވަނަ އަހަރު، އައިޑަހޯއަށެވެ. ނަމަވެސް އޭނާ ތުއްޕުޅުއިރު ޕެލިންގެ އާޢިލާ އެލަސްކާއަށް ހިޖުރަކުރިއެވެ. ޕޭލިންގެ ސިޔާސީ ޙަޔާތްޕުޅު ފައްޓަވާފައިވަނީ 1992ވަނަ އަހަރު ސިޓީ ކައުންސިލަށް އިންތިޚާބުވެވަޑައިތުމަށްފަހުގައެވެ. އޭގެ ހަތަރު އަހަރު ފަހުން، ޢުމުރުފުޅުން 32 އަހަރުގައި އޭނާ ޓައުންގެ މޭޔަރކަމުގެ މަޤާމަށް ވަޑައިގަތެވެ.


ޕޭލިންއަކީ ތަޖުރިބާގެ ގޮތުން ފަޤީރު ބޭފުޅެކެވެ. ޤަވަރުނަރުކަމުގެ މަޤާމުގައިވެސް އޭނާ ހޭދަކުރައްވާފައިވަނީ އަދި އެންމެ ދެ އަހަރެވެ. ނަމަވެސް ޕެލިން މިކަމާ ކަންބޮޑުވެވަޑައިނުގަންނަވައެވެ.


“އެއީ އެންމެ ރަނގަޅުކަމެއް” ޕޭލިން ވިދާޅުވިއެވެ. “ކޮންމެއަކަސް އަހަރެންގެ ނަޒަރިއްޔާ ތާޒާވާނެ”
ޕޭލިންގެ ސިޔާސަތުތަކަށް ބަލާއިރު، ފާހަގަކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި، އޭނާ އަކީ އެއްޖިންސުގެ ކައިވެންޏަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. ނަމަވެސް އޭނާގެ ގާތް ރައްޓެހިންގެ ތެރޭގައިވެސް، މިފަދަ ގުޅުންތައް ބާއްވާ މީހުން ހިމެނޭކަމަށް ޕޭލިން ވިދާޅުވިއެވެ. އެއް ޖިންސުގެ ޖޯޑުތަކަށް ލިބިދޭ ޙިމާޔަތްތައް އުވާލުމަށް ނަގާ ވޯޓަކަށް އޭނާ ތާޢީދުކުރައްވާނެކަމަށް ޕޭލިން ވިދާޅުވެފައިވެއެވެ. ނަމަވެސް، ޕެލިންގެ ގަވަރުނަރުކަމުގައި، އެންމެ ފުރަތަމަ ވީޓޯ ކުރެއްވީ މިފަދަ ކަމަށް ގޮވާލި ބިލެކެވެ. ޕޭލިން ވިދާޅުވީ އެނާ އެ ބިލް ވީޓޯ ކުރެއްވީ، އެ ބިލަކީ ޤާނޫނާ ތަޢާރުޒުވާ ބިލެއްކަމަށް އެލަސްކާގެ ސްޕްރީމް ކޯޓުން އިޝާރާތްކުރުމުން ކަމަށާއި، އެއްވެސް ޙާލެއްގައި، އެއް ޖިންސުން ކައިވެނި ކުރުމުގެ މިނިވަންކަން ދިނުމަށް އޭނާ ތާޢީދުކުރައްވާތީ ނޫންކަމަށެވެ.


ޕޭލީންއަކީ ކްރިސްޓިއަނެކެވެ. އޭނާއަކީ ‘ފެމިނިސްޓްސް ފޯރ ލައިފް’(އެފް.އެފް.އެލް)ގެ މެމްބަރެކެވެ. މި ޖަމާޢަތަކީ އެބޯޝަން ހެއްދުމާ ދެކޮޅުހަދާ، އަދި ކޮންޓްރެސެޕްޓިވްސް ބޭނުންކުރުން ޕްރޮމޯޓްކުރާ ޖަމާޢަތެކެވެ. ޕަބްލިކް ސްކޫލުތަކުގައި އިވޮލިއުޝަން ތިއަރީ ކިޔަވައިދިނުމަށް ޕެލިން ތާޢީދުކުރައްވައެވެ. އޭނާއަކީ، ނޭޝަނަލް ރައިފަލް އެސޯސިއޭޝަނުގެ މެމްބަރެއްވެސްމެއެވެ. ހަތިޔާރު ގެންގުޅުމަށް އެމެރިކާގައި ޤާނޫނީގޮތުން ލިބިދީފައިވާ މިނަވަން ޕޭލިން ދިފާޢުކުރައްވައެވެ.


ޕޭލިން އުފަންވެވަޑައިގަތީ އައިޑަހޯއަށްކަމަށް ވިޔަސް އޭނާ އޭނާ ލިބިވަޑައިގެންފައިވަނީ އެލަސްކާގެ ތަރުބިއްޔަތެވެ. ހައިސްކޫލްގައި އުޅުއްވި ދުވަސްވަރު ޕެލިންއަށް މުޚާތަބުކުރެވެނީ ‘ސާރާ ބަރަކޫޑާ’ގެ ނަމުންނެވެ. އެއީ ސްކޫކލް ބާސްކެޓްބޯޅަ ޓީމުގައި އޭނާ ދައްކުވައިދެއްވި ހުނަރުވެރިކަމުގެ ސަބަބުންނެވެ. ޕޭލިންގެ ސީނިއަރ އަހަރު އޭނާ ޓީމްގެ ކެޕްޓަންކަން ކުރެއްވިއެވެ. އަދި 1982ވަނަ އަހަރު، ސްޓޭޓް ޗެމްޕިއަންޝިޕް ވަސީއާ ހައިސްކޫލަށް ހޯދައިދިން ފަހު ޕޮއިންޓް ކާމިޔާބުކުރެއްވީ ޕޭލިންއެވެ. އޭގެ ދެ އަހަރުފަހުން، ޢުމުރުފުޅުން 20 އަހަރުގައި، ކޮލެޖް ސްކޯލަރޝިޕަށް ފައިސާ ހޯއްދެވުމަށް، ރީތީގެ މުބާރާތެއްގައި ވާދަކުރައްވާ ކާމިޔާބުކުރެއްވިއެވެ. އެއަށްފަހު، މިސް އެލަސްކާ މުބާރާތުގައި ވާދަކުރައްވާ ޕޭލިން ދެވަނަ ހޯއްދެވިއެވެ. ނޫސްވެރިކަމުގެ ދާއިރާއިން ޑިގްރީއަކާއި އެކު 1987ވަނަ އަހަރު ޕޭލިން އައިޑަހޯ ޔުނިވަރސިޓީއިން ގްރޭޖުއޭޓްވެވަޑައިގަތެވެ. އަދި ސިޔާސީ މަޞްރަޙަށް ނިކުމެވަޑައިގަތުމުގެ ކުރިން މަސްވެރިކަމުގެ ދާއިރާގައާއި އަދި ޓީވީ ސްޕޯޓްސް ކާސްޓަރެއްގެ ވަޒީފާގައި ޕޭލިން މަސައްކަތްކުރެއްވިއެވެ.


ޕޭލިންއާއި ފިރިކަލުން ޓޮޑްއަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައިވެއެެވެ. އެންމެ ތުއްޕުޅު ބޭފުޅާ، ޓްރިގް ލިބިވަޑައިގަތީ މިދިޔަ އޭޕްރިލް މަހުގައެވެ. ޓްރިގް ލިބިވަޑައިގެންތާ ހަތަރުވަނަ ދުވަހު، ޕޭލިން އޮފީހަށް ނިކުމެވަޑައިގަތެވެ. އަދި އޭނާ އޮފީހަށް ވަޑައިގަންނަވާއިރު، ޓްރިގް ގެންދަވައެވެ. ޕޭލިން ސިފަކުރައްވާ ގޮތުގައި އޭނާއަކީ ގެވެހި މަންމައެކެވެ. ޕޭލިންގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ޓްރެކް، 2007 ވަނަ އަހަރުން ފެށިގެން ޚިދުމަތްކުރަމުންދަނީ އެމެރިކާގެ އަސްކަރިއޔާއަށެވެ. އަދި ވަރަށް އަވަހަށް އިރާޤުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ފައުޖާ ޓްރެކް ގުޅޭނެއެވެ.


ޕޭލިން އޭނާގެ ސިޔާސީ ޙާޔާތްޕުޅު ބިނާކުރައްވާފައިވަނީ އެތިކްސް ޙިމާޔަތްކުރާއްވާ އަދި ރިފޯމްއަށް ގޮވާލާ ލީޑަރެއްގެ ގޮތުގައެވެ. ޕޭލިން މޭޔަރ ކަމުގެ މަޤާމު ފުރުއްވި އިރު އޭނާގެ އަމިއްލަފުޅު މުސާރަ ކުޑަކުރެއްވިއެވެ. ޕޭލިންގެ މި ރިކޯޑުގެ ސަބަބުން، ‘އެލަސްކާ އޮއިލް އެންޑް ގޭސް ކޮންޒަވޭޝަން ކޮމިޝަންގެ އެތިކްސް ކަމިޝަނަރ ކަމުގެ މަޤާމު އޭނާއަށް ލިބިވަޑައިގަތެވެ. ނަމަވެސް، ޕެލިންއާއި އެކު މަސައްކަތް ކުރެއްވި އެހެން ކަމިޝަނަރެއްކަމަށްވާ، ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ، ރޭންޑީ ރޫރިޗް އޭނާ ރެގިއުލޭޓް ކުރުމަށް ޙަވާލުވެފައިވާ ކުންފުނިތަކުން، ސްޓޭޓް ޕާޓީއަށް ފަންޑު ހޯދާކަމަށް ތުހުމަތުކޮށް، ޕޭލިން ކަމިޝަނަރކަމުގެ މަޤާމުން އިސްތިޢުފާ ދެއްވިއެވެ. ގަވަރުނަރުކަމުގެ އިންތިޚާބު ޕޭލިން ކާމިޔާބު ކުރެއްވީ ރިފޯމިސްޓެއްގެ ގޮތުގައި ކެމްޕެއިންކުރައްވައިގެންނެވެ. އަދި ގަވަރުނަރުކަމަށް ވަޑައިގަތުމަށްފަހު، ގިނަ ދުވަސްތަކެއް ނުވަނީ އެތިކްސް ރިފޯމް ބިލެއް އޭނާ ފާސްކުރެއްވިއެވެ. އެލަސްކާގައި ޕޭލިންވަނީ 90 އިން ސައްތައިގެ މަޤްބޫލުކަން ހޯއްދަވާފައެވެ.


އެތިކް ރިފޯމިސްޓެއްގެ ލޭބަލް ގެންގުޅުއްވާ ޕޭލިންގެ މައްޗަށް، ނުފޫޒުގެ ބޭނުންކުރައްވައިގެން، އޭނާގެ ކޮއްކޮގެ ކުރީގެ ފިރިމީހާ، މައިކް ވުޓެން ވަޒީފާއިން ވަކިކުރިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އަދި މިތުހުމަތު ތަކާއި ގުޅިގެން ޤާނޫނީ ޕެނަލް އަކުން މިހާރު ދަނީ އެއް ލައްކަ ޑޮލަރުގެ ތަޙްޤީޤެއް ހިންގަމުންނެވެ. އެލަސްކާގެ ސޭފްޓީ ކަމިޝަނަރަ ވޯލްޓް މޮނޭގަން މަޤާމުން ވަކިކޮށްފައިވަނީ ވުޓެން ވަޒީފާއިން ވަކިކުރުމަށް ދެކޮޅު ހެދުމުންތޯ ބެލުމަށް މި މައްސަލަ ތަހްޤީގު ކުރާ ޕެނަލުން މިހާރުދަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް ޕޭލންވަނީ މި ތުހުމަތުތަކަށް ދެކޮޅު ހައްދަވާފައެވެ. އަދި އޭނާ ވިދާޅުވީ ވުޓެން ވަޒީފާއިން ވަކިކުރުގައި އޭނާގެ އެއްވެސް އަތެއް ނުވާކަމަށެވެ. ޕޭލިން ގަވަރުނަރުކަމުގެ މަޤާމަށް ވާދަކުރެއްވުމުގެ ކުރިން އޭނާއާއި ފިރިކަލުން ޓޮޑްވަނީ، ވުޓެންގެ މައްޗަށް، ޑިއުޓީގައި ހުރެ ރާބުއިމާއި، ޤަވާއިދާ ޚިލާފަށް ޝިކާރަކުރުމުގެ ތުހުމަތުތަކެއް ކޮށްފައެވެ. މި ތުހުމަތުތަކުގެ ސަބަބުން 2006ވަނަ އަހަރު ވުޓެން ވަޒީފާއިން ސަސްބެންޑް ކުރެވުނެވެ.


ޕޭލިންއަކީ ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ތާޢީދުކުރައްވާ ބޭފުޅެއް ނޫނެވެ.



“ޕޯލަރ ބެއަރ ޙިމާޔަތްކުރުމާއި އާކްޓިކްގައިވާ އެ ޖަނަވާރުގެ ވެށި ޙިމާޔަތްކުރުމަށް އަހަރަމެން މަސައްކަތްކުރަން ޖެހޭނެ. ނަމަވެސް، ޙިމާޔަތްކުރެވިފައިވާ ޖަނަވާރުތަކުގެ ލިސްޓަށް ޕޯލަރ ބެއަރ ލުން، މިބުނި މަސައްކަތުގެ ތެރޭގައި ހިމެނިގެން ނުވާނެ” މިދިޔަ ޖެނުއަރީ މަހު ނިއުޔޯކް ޓައިމްސްގައި ޕޭލިން ލިޔުއްވިއެވެ. އެކަމުގެ ސަބަބުން އެލަސްކާގެ ގޭސް އިންޑަސްޓްރީ އަށް ގެއްލުންވާނެކަމަށް ވިދާޅުވެ، ޕޯލަރ ބެއަރ، ޙިމާޔަތް ކުރެވިފައިވާ ޖަނަވާރުތަކުގެ ލިސްޓުގައި ހިމެނުމަށް ޕޭލިން ދެކޮޅުހެއްދެވިއެވެ.





  1. "Commissioners - Terms in Office". Oil and Gas Conservation Commission, State of Alaska. May 15, 2006. 







  2. "Biographical Information John K. Norman" (PDF). Alaska State Legislature. Retrieved 2008-09-11. 







  3. "Alaska Governor Sarah Palin". National Governors Association. Retrieved 2008-09-07. 





  4. Cite error: Invalid <ref> tag;
    no text was provided for refs named TimeInt




  5. Gorski, Eric (2008-08-30). "Evangelicals energized by McCain-Palin ticket", Google News. Retrieved on 31 އޮގަސްޓު 2008. 






https://dv.wikipedia.org/w/index.php?title=ސާރާ_ޕޭލިން&oldid=114364 އިން










Navigation menu


























(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.352","walltime":"0.419","ppvisitednodes":"value":8989,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":40141,"limit":2097152,"templateargumentsize":"value":5901,"limit":2097152,"expansiondepth":"value":17,"limit":40,"expensivefunctioncount":"value":0,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":443,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 393.861 1 -total"," 80.46% 316.920 1 ފަންވަތް:Infobox_Governor"," 56.18% 221.262 8 ފަންވަތް:Infobox"," 25.47% 100.327 17 ފަންވަތް:Infobox_officeholder/office"," 8.98% 35.354 3 ފަންވަތް:Cite_web"," 4.22% 16.620 1 ފަންވަތް:Birth_date_and_age"," 2.46% 9.675 1 ފަންވަތް:Cite_news"," 1.85% 7.267 1 ފަންވަތް:MONTHNAME"," 1.03% 4.039 1 ފަންވަތް:MONTHNUMBER"," 1.02% 4.035 1 ފަންވަތް:Age"],"scribunto":"limitreport-timeusage":"value":"0.093","limit":"10.000","limitreport-memusage":"value":1775263,"limit":52428800,"cachereport":"origin":"mw1329","timestamp":"20190406042648","ttl":3600,"transientcontent":true););"@context":"https://schema.org","@type":"Article","name":"u0790u07a7u0783u07a7 u0795u07adu078du07a8u0782u07b0","url":"https://dv.wikipedia.org/wiki/%DE%90%DE%A7%DE%83%DE%A7_%DE%95%DE%AD%DE%8D%DE%A8%DE%82%DE%B0","sameAs":"http://www.wikidata.org/entity/Q43144","mainEntity":"http://www.wikidata.org/entity/Q43144","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2008-09-05T23:06:10Z","dateModified":"2013-04-04T16:01:39Z","image":"https://upload.wikimedia.org/wikipedia/commons/b/b2/Palin_In_Carson_City_On_13_September_2008.jpg"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":617,"wgHostname":"mw1329"););

Popular posts from this blog

Boston (Lincolnshire) Stedsbyld | Berne yn Boston | NavigaasjemenuBoston Borough CouncilBoston, Lincolnshire

Trouble understanding the speech of overseas colleaguesHow can I better understand manager or clients with strong accents?Adding more movement and speech at the fundamental level to a highly-sedentary job?Difficulty in understanding Manager's accent(language and communication)How to adjust yourself where your colleagues are not understanding to you?Understanding manager's expectationsForeigner and colleagues using slangHaving difficulty understanding meetingsHow do you breathe when giving a speech?Trouble Waking Up for Emergencies (On-Call)Problems with colleaguesColleagues feeling insecure when I do my work

Ballerup Komuun Stääden an saarpen | Futnuuten | Luke uk diar | Nawigatsjuunwww.ballerup.dkwww.statistikbanken.dk: Tabelle BEF44 (Folketal pr. 1. januar fordelt på byer)Commonskategorii: Ballerup Komuun55° 44′ N, 12° 22′ O